ޚަބަރު , ވިޔަފާރި , ސިޔާސީ

ފާޑުކިޔުންތަކާ އެކު މާލީ ވުޒާރާއިން ފިސްކަލް ރިޕޯޓުތައް އާންމުކޮށްފި

4 މާރިޗު 2026 - 00:08
ފާޑުކިޔުންތަކާ އެކު މާލީ ވުޒާރާއިން ފިސްކަލް ރިޕޯޓުތައް އާންމުކޮށްފި

ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ގިނަދުވަސްތަކެއް ވެފައިވާތީ އާންމުންނާއި އިގްތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މާލީ ވުޒާރާއިން ފިސްކަލް ރިޕޯޓުތައް މިރޭ އާންމުކޮށްފިއެވެ.

މިއީ ގިނަ ދުވަސްތަކަކަށްފަހު އެ ވުޒާރާއިން މިފަދަ ތަފާސްހިސާބުތަކެއް ހާމަކުރި ފުރަތަމަ ފަހަރެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން ދައުލަތުގެ ހަރަދާއި އާމްދަނީގެ ރިޕޯޓުތައް އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް ރިޕޯޓުތައް އާންމުކުރުން މެދުކެނޑިފައި އޮތުމުން، ދައުލަތުގެ މާލީ ހާލަތު ސިއްރުކޮށްގެން އުޅޭކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފިސްކަލް ރިޕޯޓްތަކަކީ ދައުލަތުގެ އާމްދަނީ، ހަރަދު، ދަރަނި އަދި ޑެފިސިޓް ހުރި ގޮތް ބެލުމަށް އިގްތިސާދީ މާހިރުންނާއި، މާލީ އިދާރާތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެންމެ ބޮޑަށް ބޭނުންކުރާ ރިޕޯޓްތަކެކެވެ.

މި ރިޕޯޓުތައް އާންމުކުރުމުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތް ސާފުވެ، ރައްޔިތުންނާއި ވިޔަފާރިތަކުގެ މާލީ ނިންމުންތައް ނިންމުމަށްވެސް ފަސޭހަވެގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0