ޚަބަރު

މައްްޗަންގޮޅީގެ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް އިން ނިއްވާލައިފި

2 މާރިޗު 2026 - 08:30
މައްްޗަންގޮޅީގެ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް އިން ނިއްވާލައިފި
ފޮޓޯ: އެމްއެންޑީއެފް

މާލޭ ސިޓީގެ މައްޗަންގޮޅީގެ ގެއެއްގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި މއ.ރިމްލާސްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލާފައެވެ.
 
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ދަންވަރު 03:06 ހާއިރު ކަމަށާއި ހަމަ އެވަގުތު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިގޮތުން، ރޯވި އަލިފާން 04:12 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައެވެ.
 
މީހުން ދިރިއުޅޭ މި ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުންް ވިދާޅުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0