ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ ހެރޮއިން އަތުލައިގަނެފި
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މަޢުލޫމާތު ދެއްވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތީ ބަރުދަނުގައި 2.2 ކިލޯ ހުރި ހެރޮއިން އެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަނަށް އަރާނެކަމަށް ކަސްޓަމުން މަޢުލޫމާތު ދެއްވައެވެ.
ކަސްޓަމުން މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މި ނިމުނު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މި މައްސާލާގައި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ހައްޔަރު ކުރި މީހާގެ ވަނަވަރެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މެލޭޝިއާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުނ ވަނީ އިއްޔެގެ ވަގުތެއްގައި ބަންދު މުއްދަތު ޖަހާފައެވެ. ނަމަވެސް މިއީ ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅުން އޮތް މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ދާދިފަހުން ވަނީ ގާނޫނު އިސްލާހުކޮށްފައެވެ.






ރިއެކްޓް