ޝަމްޢާން ލޯނަށް ދެއްކީ ބައްޕަ ދިން ފައިސާ: އާއިލާ
ބިދޭސީއެއްގެ އަތުން ފައިސާ ނަގައި އަމިއްލަ ދެ ލޯނަކަށް ފައިސާ ދެއްކި ކަމަށް ތުހުމަތުކޮށް ދަޢުވާކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަހީދު ލޯނަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާ ދިންކަމަށް އޭނާގެ އާއިލާއިން ކްރިމިނަލް ކޯޓުން ހެކިބަސްދީފިއެވެ.
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދައުލަތުން ޝަމްޢާނާއި ދެކޮޅަށް ކުރާ ދަޢުވާގައި ކްރިމިނަލް ކޯޓުގައި މިއަދު އަޮތް އަޑުއެހުމުގައި ޝަމްޢާންގެ ބައްްޕަ ބުނީ ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ.
އަދި ޝަމްޢާންގެ ބައްޕަ ޝަމްްޢާންއަށް ފައިސާދިން ވަގުތު އެތަނުގައި ޝަމްޢާނުގެ އަނބިމީހާ އިދުފާ ފާއިޒުއާއި ޝަމްޢާންގެ މަންމަ މުރުޝިއާ ހާޒިރުވެ ހުރިކަމަށް ޝަމްޢާންގެ މަންމައާއި އަނބިމީހާ ވަނީ ހެކިބަސް ދީފައެވެ.
ޝަމްޢާނަކީ ގޭގައި ނަގުދު ފައިސާ ގެންގުޅޭ މީހެއްކަމަށާއި އެކި ގޮތްގޮތުން ފައިސާ ލިބިފައިވާކަން ހެކިބަހުން މިއަދުގެ އަޑުއެހުމުގައި ވަނީ ކޯޓުގައި ބުނެފައެވެ. އެގޮތުން ޝަމްޢާންގެ ކާރެއް ވިއްކާލައިގެން 10،000 ޑޮލަރާއި 250،000ރ. ލިބުނުކަމަށް ކާރު ވިއްކާލުމަށް ހެދި އެއްބަސްވުމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރި ޝަމްއާންގެ ދެ އެކުވެރިން ވެސް ވަނީ މިއަދުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ.






ރިއެކްޓް