ޚަބަރު

ފުވައްމުލަކު ބަންޑާރަކިޅިއަށް އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް ދީފި

23 ފެބްރުވަރީ 2026 - 11:37
ފުވައްމުލަކު ބަންޑާރަކިޅިއަށް އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް ދީފި

ފަތުރުވެރިންގެ މެދުގައި މަގުބޫލު ފުވައްމުލަކު ބަންޑާރަ ކިޅި ޕްލެޓްފޯމަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. 

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ގެއްލުންދީފައިވާ ބަންޑާރަ ކިޅި ސަރަހައްދަށް ގެއްލުން ދީފައިވާ ވީޑިއޯއެއް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. 

ސިޓީ ކައުންސިލުން ބުނީ ތަކުރާރުކޮށް ބަންޑާރަކިޅިއަށް ގެއްލުންދިނުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދިފައިވެއެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕްލެޓްފޯމްގެ ވޯކްވޭގެ ގިނަ ރެއިލިންތައް ހުރީ ބިންދާލައި, ކުޅި ތެރެއަށް ވައްޓާލައިފައެވެ. ވޯކްވޭގެ އިތުރުން، މީހުން ހިޔާކޮށްލަން މަޑުކުރާ ސަރަހައްދުގައި ހަރުކޮށްފައިހުރި ރެއިލިންތައް ނައްޓުވައި އުކާލާފައި ހުރިތަން ފެނެއެވެ. 

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ބަންޑާރަ ކިޅީގައި ބަޔަކު ރޯކޮށްލާފައިވެސް ވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0