ޚަބަރު

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

22 ފެބްރުވަރީ 2026 - 13:33
ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ދެ ދޯންޏަކުން ތިން ކިލޯގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެ 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. 

މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 3 ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށާއި އެ މައްސަލާގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަޒުހަދު ނަސީމް، 28، ފިޔާތޮށިވިލާ/ގއ. މާމެންދޫ އަދި ބަންގްލަދޭޝްގެ ހަނީފް ނަމަކަށް ކިޔާ ބިދޭސީއެކެވެ. 

ހަނީފްގެ ބަންދަށް ފަސް ދުވަސް އަދި އަޒުހަދުގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0