ޚަބަރު

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާޔަތް ނުދޭ

21 ފެބްރުވަރީ 2026 - 19:56
ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާޔަތް ނުދޭ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭކަން "ވިރާސީ" އަށް ކަށަވަރުވެއްޖެއެވެ.

"ވިރާސީ" އަށް މަޢުލޫމާތު ދިން ވެމްކޯގެ 4 މުވައްޒަފަކު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

"ބައެއް މުވައްޒަފުންނަށް ދީފި ރޯދަ މަސް ފެށުނު ދުވަހު. ނުލިބި އެބައުޅޭ 2 ޑިޕާޓްމަންޓެއްގެ ކުދިން. ވަރަށް އަވަހަށް ޖަމާކުރާނެ ކަމަށް އެޗްއާރުން ބުނީ" ނަން ހާމަނުކުރަން އެދި ވެމްކޯގެ މުވައްޒަފަކު ކިޔައިދިނެވެ.

ވަޒީފާގެ ޤާނޫނުގެ ދަށުން ރޯދަ އިނާޔަތަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ދިނުމަށް ލާޒިމުކުރާ އިނާޔަތެކެވެ. 

ވެމްކޯއަކީ މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތް ނުދީ ލަސްކުރުމުގެ ސަގާފަތެއް ފާހަގަކުރެވިފައިވާ ކުންފުންޏެކެވެ. މިގޮތުން ވެމްކޯގެ ބައެއް މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ ދޮޅުއަހަރަށްވުރެ ދުވަސް ވެފައިވާއިރު މިފަދަ އެއްވެސް ކަމަކަށް ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0