ޚަބަރު

ސިއްހީ ހާލަތަށް ބަލައި ފެނަކަ ސައީދު ގެއަށް ބަދަލުކޮށްފި

16 ފެބްރުވަރީ 2026 - 16:47
ސިއްހީ ހާލަތަށް ބަލައި ފެނަކަ ސައީދު ގެއަށް ބަދަލުކޮށްފި

ސިއްހީ ހާލަތަށް ބަލައި، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފިއެވެ.

ސައީދުގެ މައްޗަށް ސާބިތުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ހަތަރު އަހަރުގެ ހުކުމެއް އިއްވާފައިވާއިރު, އޭނާގެ ސިއްހީ ހާލަތާ މެދު މީގެ ކުރިން ވެސް ޝަރީއަތުގައި ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

ސިއްހީ ހާލަތަށް ރިއާޔަތް ކޮށް, އޭނާ އިއްޔެ ވަގުތީގޮތުން ގެއަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައެވެ.

އިސްގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައިވަނީ، މި މައްސަލައިގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމަށާއި، އަދަބު މަތިވާ ހާލަތެއް ނެތްކަމަށް ދައުލަތުން ބުނި ނަމަވެސް، ގާޒީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައެޅުމަށް ނިންމެވި ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0