ޚަބަރު

ދެކޮޅަށް ދުއްވޭ ގޮތަށް މާރުކޭޓު ސަރަހައްދުގެ މަގު ހުޅުވާލައިފި

16 ފެބްރުވަރީ 2026 - 09:57
ދެކޮޅަށް ދުއްވޭ ގޮތަށް މާރުކޭޓު ސަރަހައްދުގެ މަގު ހުޅުވާލައިފި

މާރުކޭޓު ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ތާރު އެޅި ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް އާންމުންނަށް ހުޅުވާލައިފިއެވެ. 

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ފަތިހު 05:00 ގައެވެ. 

ހަތަރު ލޭނު ހިމެނޭގޮތައް ތަރައްގީކޮށް ގެނައި ބަދަލާ އެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތް ހަމަޖެއްސުމާއެކު އާންމުންނަށް ބޮޑެތި ލުއިފަސޭހަ ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ ތަރައްގީކުރީ އެއް ނަންބަރ ފާލަން ސަރަަހައްދެވެ. މި މަޝްރުއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގެ މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0