މާލެ ކައިރިން ލޯންޗަކާއި ދޯންޏަކާ ޖެހި، ދެ މީހަކަށް ފަރުވާ ދެނީ
ކ. ފުނަދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުނަދޫއާއި މާލެއާ ދެމެދު ދަތުރުކުރަމުން ދިޔަ ދެ އުޅަނދު ޖެހިގެންނެވެ.
މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު, އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ މީހެކެވެ. އޭގެ ތެރެއިން ދެ ދިވެހިންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓުގެ ސްޓާފް ފެރީއަކާއި ކ. ގުޅިއާއި މާލެ ދެމެދު ދަތުރުކުރާ ލޯންޗެއްގައެވެ.






ރިއެކްޓް