ކުޅިވަރު

ސާފް ތައްޓާ އެކު ކީޕަރު އަސޫ އުފަން ރަށް ވާދޫއަށް!

13 ފެބްރުވަރީ 2026 - 17:17
ސާފް ތައްޓާ އެކު ކީޕަރު އަސޫ އުފަން ރަށް ވާދޫއަށް!
ފޮޓޯ: މީސް މީޑިއާ

މިއަހަރު ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ، ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) މުބާރާތުގެ ތައްޓާ އެކު އޭނާގެ އުފަން ރަށް، ގދ.ވާދޫއަށް މިއަދު ހެނދުނު ހިނގައްޖެއެވެ.

ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަސޫ ރަށަށް ދިއުމުން، ވާދޫގެ ބަނދަރު ސަރަހައްދުން އޭނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި އިސްތިގުބާލުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކުދިބޮޑު އެންމެން ބައިވެރިވެ، އަސޫ ހޯދި ބޮޑު ކާމިޔާބީ ފާހަގަކޮށް އުފާފާޅުކޮށްފައިވެއެވެ.

ރަށުގެ ރައްޔިތުންނާ ބައްދަލުކުރަމުން އަސޫ ވަނީ، އޭނާގެ ކާމިޔާބީގެ ފަހަތުގައިވަނީ ރަށުގެ ރައްޔިތުންނާއި އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއި ދުއާކަން ފާހަގަކޮށްފައެވެ.

އަސޫއަކީ މި މުބާރާތުގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ކުޅުންތެރިއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0