ސިޔާސީ

ވެމްކޯގެ 3 މުވައްޒަފަކު ތިނަދޫ ސިޓީން ރާއްޖޭގެ އުތުރަށް ބަދަލުކުރީ އަޅުގަނޑާއެކު ފޮޓޯ ނެގުމުން: ފައްޔާޒް

12 ފެބްރުވަރީ 2026 - 22:24
ވެމްކޯގެ 3 މުވައްޒަފަކު ތިނަދޫ ސިޓީން ރާއްޖޭގެ އުތުރަށް ބަދަލުކުރީ އަޅުގަނޑާއެކު ފޮޓޯ ނެގުމުން: ފައްޔާޒް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ތިނަދޫ ސިޓީ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 3 މުވައްޒަފަކު ރާއްޖޭގެ އުތުރަށް ވަޒީފާ ބަދަލުކޮށް ފޮނުވާލީ އެމަނިކުފާނާއި އެކު ފޮޓޯ ނެގުމުން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ "ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިތު، ނާއިފް އަދި ސާލިހް އަހްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކުރީ އަޅުގަޑާއި އެކު ފޮޓޯއެއް ނެގުމުން" ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއިދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އަންނަނީ ދައްކަމުން ކަމަށާއި އެގޮތުން ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއްކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ.

އަދި ގަދަ ބާރު ދައްކައިގެން ތާއީދެއް އިތުރެއް ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއްކަން ފާހަގަކުރައްވަމުން ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭކަމަށް ފައްޔާޒްގެ ޕޯސްޓުގައި ގޮވާލެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0