މާލެ ސަރަހައްދުގައި ދެން މަސްދަޅު ކޭސް ލިބޭނީ މިފްކޯއިން
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް އެއްވެސް ސަބަބަކާ ހުރެ ނުނެގިވާނަމަ، މިފްކޯއިން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
މާލެ ސަރަަހައްދުގައި މަސް ދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި އޮތް އެންމެ ފަހު ތާރީހަކީ އިއްޔެ އެވެ.
ނަމަވެސް އިތުރު ފުރުސަތެއް ދިން ކަން ހާމަކޮށް އެޓޯލްސް އެންޑް ސިޓީޒް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކޮންމެ ގޭބީސީއަކަށް ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޯދަ މަހުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ،
މިއަދުން ފެށިގެން މުލަ ރޯދަ މަހާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނީ ސީދާ މިފްކޯއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯއިން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 08:30 އިން ފެށިގެން 11:00 އަށެވެ.






ރިއެކްޓް