ޚަބަރު

ފްލެޓަށް އެދި މިހާތަނަށް 3600އަށް ވުރެ ގިނަ މީހުން ހުށަހަޅައިފި

11 ފެބްރުވަރީ 2026 - 11:32
ފްލެޓަށް އެދި މިހާތަނަށް 3600އަށް ވުރެ ގިނަ މީހުން ހުށަހަޅައިފި

މި ސަރުކާރުން ބޯހިޔާވަހިކަމަށް އެދި ހުޅުވާލި މަޝްރޫއުގެ ތެރެއިން ފްލެޓަށް މިހާތަނަށް 3600 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ މުއްތަލިބް ވިދާޅުވީ, ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި އެއީ ސަރުކާރުން ތިން ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިލާން ހުޅުވާލުމުން ކަމަށް ބެލެވޭ ކަމަށެވެ.

މުއްތަލިބް ވިދާޅުވީ,  3،651 ފޯމު ފުލެޓަށް އެދި ހުށަހަޅާފައިވާ ކަމަށާއި 10،000އެއްހާ ފޯމު ޑްރާފްޓިންގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުއްދަތު ހަމަ ވުމާ ކައިރި ކޮށް އަދި އިތުރަށް ގިނަ ފޯމުތައް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ގޯއްޗާއި ފްލެޓަށް ލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު, އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓާއި 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ދެ ކެޓަގަރީއަކަށް ގޯތި ދޫކުރާއިރު މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޫކުރާއިރު މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ގޯތި ދެނީ ރަސްމާލެއިންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0