ކޯޓުތަކުގައި ނުނިމި ހުރި 13،032 މައްސަލަ ނިންމަން ޓާސްކްފޯހެއް ހަދަނީ
ކޯޓުތަކުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ 13،000 އަށް ވުރެ ގިނަ މައްސަލަ އެބަހުރި ކަމަށާއި އެ މައްސަލަތައް ނިންމުމަށް ޓާސްކްފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ "ޖުޑީޝަލް އިޔާ" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް، ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް މިހާރު ވެސް އެބަހުރި ކަމަށާއި އެންމެ ބޮޑު އަމާޒަކީ ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް ނިންމުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ނުނިމި އެއް އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ ކޯޓުތަކުގެ ބެކްލޮގްގައި 13,032 މައްސަލަ އެބައޮތެވެ. މި ކަން ކުރުމަށްކޯޓުތަކުގެ ބެކްލޮގުގެ މަސައްކަތް، ވިލަރެސްކުރުމަށް ވަކި ޓާސްކް ފޯހެއް އެކުލަވާލާން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ޓާސްކްފޯހުގެ މައިގަނޑު މަސައްކަތަކީ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ ކޯޓަކުން ނުވަތަ ފަނޑިޔާރަކު މެދުވެރިކޮށް ބަލައި, އެކަން ހައްލުކޮށް މައްސަލަތައް ނިންމުން ކަމުގައި ވިދާޅުވިއެވެ.






ރިއެކްޓް