ޚަބަރު

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށް، ދިވެހިން ސީރިއާއަށް ދަތުރުކުރަން ހުއްދަކޮށްފި

8 ފެބްރުވަރީ 2026 - 12:53
ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށް، ދިވެހިން ސީރިއާއަށް ދަތުރުކުރަން ހުއްދަކޮށްފި
ސީރިއާ --

ސީރިއާގައި ވެރިކަން ކުރާ އަންނަ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށް, ދިވެހިރާއްޖޭން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ. 

އަހަރަކު އެއް ފަހަރު އާ ކޮށް ނެރޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު, ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ ވަނީ އުނިކޮށްފައެވެ. ދަތުރުކުރުން މަނާކަމަށް  31 އޮކްޓޯބަރު 2019 ކަނޑައެޅި ސީރިއާ ލިސްޓުން އުނިކުރުމާއެކު ދެން އެ ގައުމަށް ދަތުރުކުރެވޭނެއެވެ. 

މީގެ އިތުރުން އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ އެޗްޓީއެސް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފައެވެ. 

މިގޮތަށް ނިންމައި ލިސްޓު އާންމުކޮށްފައިމިވަނީ އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް އެޗްޓީއެސް ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓުން އުނިކޮށް, އެ ގައުމުގެ ވެރިކަން ބަލައިގަތުމުގެ މަރުހަލާތައް ކުރަމުން ދަނިކޮށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0