ސިޔާސީ

ރިޔާސީ ބަޔާން އަޑުއިވުމުން އިދިކޮޅު މެންބަރުން މަޖިލީހުން ނުކުމެގެން ދިޔައީ މާޔޫސްވެގެން: މެންބަރު މުހައްމަދު އަލީ

5 ފެބްރުވަރީ 2026 - 14:05
ރިޔާސީ ބަޔާން އަޑުއިވުމުން އިދިކޮޅު މެންބަރުން މަޖިލީހުން ނުކުމެގެން ދިޔައީ މާޔޫސްވެގެން: މެންބަރު މުހައްމަދު އަލީ

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާން އަޑު އިވުމުން ސަރުކާރާއި އިދިކޮޅު މަޖިލިސް މެންބަރުން މަޖިލިސް ޖަލްސާ ނިންމަވާލެއްވުމަށްފަހު ނުކުމެގެން ދިޔައީ މާޔޫސްކަންމަތީގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މުހައްމަދު އަލީ ސިފަކުރެއްވި ގޮތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްްވެވި ރިޔާސީ ބަޔާނަކީ ރައްޔިތުންގެ އަޑު އަހާ އިޚުލާސްތެރި ސަރުކާރަކުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާކަން ކަށަވަރުވެގެންދިޔަ ބަޔާނެކެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއެޅުމަށް ކޮންމެވެސް ވަރަކަށް އިދިކޮޅު މެންބަރުން މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން މުހައްމަދު އަލީ ވިދާޅުވީ އެމެންބަރުންވެސް ފަހުން ތިއްބެވީ ރައީސްގެ ވާހަކަފުޅު އަޑުއިވި, ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށް ކުރަމުންދާ މިންނެތް މަސައްކަތްތައް އަދަދުތަކުން ފާހަގަކޮށް, ރައްޔިތުންނަށް ލިބެންޖެހޭ ހައްގު މިންވަރު ހޯދައިދޭނެކަން ޔަގީންކަމާއި އެކު ރައީސް އިޢުލާންކުރެއްވުމުން އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ދެން އަލުން ނުލިބޭނެކަން ޔަގީންވެގެން ގޮއްސި. އިދިކޮޅު ފަރާތްތަކުން ފިތުނަ އުފެއްދުމަށް ކިތަންމެ ވާހަކައެއް ފެތުރިޔަސް ރައީސް މުއިއްޒުގެ ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައިކަން މިއަދު ޔަގީން ވެގެން ގޮއްސި" "ވިރާސީ" އާއި ވާހަކަދައްކަމުން މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގައްދޫ ދާއިރާގައި ކުރިއަށް ގެންދިއުމަށް ރައީސް މިއަދު އިޢުލާންކުރެއްވި މަޝްރޫޢުތަކަކީ ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނަ ކަންކަމެވެ. އަދި ދާއިރާގެ ރައްޔިތުން ތިބޭނީ އަބަދުވެސް ސަރުކާރާއި އެކުގައި ކަމަށް މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވި ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް، ރައްޔިތުންނަށް ރިސޯޓުތަކުގެ ފައިދާއާއި ހިއްސާ ބެހުމާއި، މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި ފޯޅަވަހީގެ މައްސަލަ ބެއްލެވުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވުން ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1