ކުޅިވަރު

ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކަށް

4 ފެބްރުވަރީ 2026 - 21:47
ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކަށް

ފުރަތަމަ ފަހަރަށް ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވާން ފުރައިފި އެވެ. މި ޓީމަކީ ނެޓްބޯޅަ އެސޯސިއޭޝަނުން އެކުލަވާލި ފުރަތަމަ ފިރިހެން ގައުމީ ޓީމުވެސްމެ އެވެ.

ގައުމީ ފިރިހެން ނެޓްބޯޅަ ޓީމު ބައިވެރިވެފައިވަނީ ހޮންގް ކޮންގް ގައި މި މަހު 5 އިން 8 އަށް އޮންނަ މެންސް އޭޝިއާ ކަޕް 2026 ގަ އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ ޖަޕާން، މެލޭޝިއާ އަދި ހޮންގ ކޮންގް، ޗައިނާ އެވެ. 

ނެޓްބޯޅަ ފުރަތަމަ ގައުމީ ޓީމުގައި އެހެން ކުޅިވަރުތަށް ކުރިން ކުޅެފައިވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ބާސްކެޓުން ފެނިފައިވާ، އަހުމަދު ފައިސަލް (ސެލް) އަދި އަބްދުالله އަފްލާހް (އަފްލާ) ހިމެނެ އެވެ. އަދި ކުރީގެ ވޮލީ ގައުމީ ޓީމު ކުޅުންތެރިޔާ އަލީ އާމިރު (ދިގު އައްޔަ) ވެސް ވަނީ ނެޓްބޯޅަ ގައުމީ ޓީމުގައި ހިމެނިފަ އެވެ.

ޓީމުގައި ހިމެނޭ ކުޅުންތެރިޔަކަށް 'ވިރާސީ' އިން ކުރި ސުވާލަކަށް ޖަވާބުދެމުން ބުނީ މެޗަކަށްވުރެ މެޗެއް ރަނގަޅުކުރާނެކަމާއި، މުޅިން އަލަށް މި ލެވެލްގެ މުބާރާތެއްގައި ބައިވެރިވުމުން އެހެން ޓީމު ތަކުގެ ލެވެލެއް ނޭގޭ ކަމަށެވެ.

ލީގު ފޯމެޓަށް ކުޅުމަށްފަހު އެއްވަނަ ޓީމު އަދި ދެވަނަ ޓީމު ސީދާ ފައިނަލަށްދާ އިރު، ތިން ވަނަ ހޮވާ މެޗުގައި އަނެއް ދެ ޓީމު ވާދަކުރާނެ އެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ބައްދަލު ކުރާނީ ޖަޕާނާ ދެކޮޅަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0