ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނަށް ފަޔާ ހުވަދު އަތޮޅަށް
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެންޕޭނަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް (ފަޔާ) ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.
ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ފައްޔާޒް ކުރައްވާ މި ދަތުރުފުޅުގައި ގއ. އަދި ގދ. ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ކެނޑިޑޭޓުންގެ ކެންޕޭން ހަރަކާތްތަކުގައި ބައިވެރިވެ, ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފަޔާގެ ޓީމުން މަޢުލޫމާތު ދެެއްވައެވެ.
ފަޔާގެ ޓީމުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފަޔާ މިކުރައްވާ ދަތުރުފުޅަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މުޅި ރާއްޖެއިން މެޖޯރިޓީ ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފަޔާގެ ޓީމުން މަޢުލޫމާތުދެއްވައެވެ.






ރިއެކްޓް