ޚަބަރު

2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން ބޯޑުން ރުހުންދީފި

3 ފެބްރުވަރީ 2026 - 11:28
2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން ބޯޑުން ރުހުންދީފި
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުން

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް ޕެންޝަން ބޯޑުން ރުހުން ދީފިއެވެ. 

ޕެންޝަން ބޯޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއިން ގަތުމަށް ފަހު, އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓްކޮށްގެން ހިންގާ މި މުއާމަލާތަށް ބޯޑުން އިއްޔެ ރުހުން ދީފައިވާ ކަން އިތުބާރު ހުރި މަސްދަރަކުން "ވިރާސީ"އަށް ވަނީ ކަށަވަރުވެފައެވެ. 

ނަމަވެސް, މިކަމާ ގުޅޭ ރަސްމީ އެއްވެސް ކަމެއް ޕެންޝަން އޮފީހުން ހާމަކޮށްފައިނުވެއެވެ. 

ފާޑުކިޔުންތަކަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ފަހު މަރުހަލާތައް ސަރުކާރުން ފަށައިފި
ޚަބަރު 3 މަސް ކުރިން

ފާޑުކިޔުންތަކަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ފަހު މަރުހަލާތައް ސަރުކާރުން ފަށައިފި

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް, ބޯޑުން ނިންމާފައިވަނީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން މަސައްކަތް ކުރާތީ ފެންޝަން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. 

އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް އިނާޒް ވަނީ އިސްތިއުފާ ދެއްވަމުން ވިދާޅުވެފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0