ޚަބަރު

ފާޑުކިޔުންތަކަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ފަހު މަރުހަލާތައް ސަރުކާރުން ފަށައިފި

11 ނޮވެންބަރު 2025 - 16:50
ފާޑުކިޔުންތަކަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ފަހު މަރުހަލާތައް ސަރުކާރުން ފަށައިފި

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފަހު މަރުހަލާތައް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބޮންޑުތަކެއް ސްޓޮކް އެކްސްޗޭންޖުގައި އިއްޔެ ލިސްޓުކޮށްފައެވެ. މި ބޮންޑު ތަކަކީ ކުރިން ވިއްކާފައި ހުރި ބޮންޑުތަކެކެވެ. އަދި މި ބޮނޑުތަކުގެ ހޯލްޑަރަކީ ޕެންޝަން އޮފީސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިނޭންސުން ސްޓޮކްމާކެޓަށް އިއްޔެ ލިސްޓު ކުރި 6 ބޮންޑެކެވެ. މި ބޮންޑުތައް ގަންނާނީ މަރުކަޒީ ބޭންކު, އެމްއެމްއޭ އިން ކަމަށް ވެއެވެ.

ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުން އަންނަ ސަރުކާރުން މިކަން ކުރަމުން އަންނަނީ ވަރަށް ހީލަތްތެރިކަމާއެކު އެވެ. މި ކަމުގެ އެންމެ ފުރަތަމަ މަރުހަލާތަކުގެ ތެރެގައި ހިމެނެނީ މި މުޢާމަލާތުގައި ހިމެނޭ އެމްއެމްއޭ އަދި ޕެންޝަން އޮފީސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ގެނައުމެވެ. މިގޮތުން ސަރުކާރުގެ ޢަމަލުތަކާއި ހިތްހަމަނުޖެހޭ އިސް މުވައްޒަފުން އެތަންތަނުން ވަކި ވުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

ޕެންޝަން ބޯޑުން އިސްތިއުފާދެއްވަމުން އެ ބޯޑުގެ މެންބަރު ވަނީ މިކަން ހުއްޓާލުމަށް ގޮވާލައި, ރައީސް ޑރ. މުޢިއްޒުއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0