ޚަބަރު

އިންތިހާބުގެ ކަންކަން އޮންލައިން ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

3 ފެބްރުވަރީ 2026 - 10:54
އިންތިހާބުގެ ކަންކަން އޮންލައިން ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމުގެ ކަންކަން އޮންލައިން ކުރިއަށް ގެންދާތީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.. 

ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޕީއެންއެފްގެ ސެނެޓަރު އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފު އެވެ. 

ހައިކޯޓަށް އޭނާ ހުށަހެޅި މައްސަލާގައި ވަނީ އިންތިހާބަށް ބޭނުންވާ ލިޔެކިޔުންތަކާއި ފައިސާ ދެއްކުމުގެ ކަންކަން އޮންލައިން ކޮށް މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިވާ ކަމެއް ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. 

ކަރުދާސް ފޯމުގެ ބަދަލުގައި އީފާސް ބޭނުންކުރާތީ އީސީ ގޮވައިގެން ޔާމީން ކޯޓަށް!
ޚަބަރު 8 ދުވަސް ކުރިން

ކަރުދާސް ފޯމުގެ ބަދަލުގައި އީފާސް ބޭނުންކުރާތީ އީސީ ގޮވައިގެން ޔާމީން ކޯޓަށް!

ހައިކޯޓުގައި އޭނާ އެދިފައިވަނީ އެއީ އީސީން ގާނޫނާ ހިލާފަށް ނިންމި ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި, ގާނޫނާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އަމުރެއް ނެރެދިނުމަށެވެ. 

ކެންޑިޑޭޓުން ހުށަހެޅުމުގެ ވަގުތު ހަމަވި ފަހުން މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުގެ ރެޖިސްޓްރާ ނިންމަވާފައިވަނީ އީސީގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާން ކޮށްދީފައި ނުވާ ކަމަށް ބުނެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0