ކަރުދާސް ފޯމުގެ ބަދަލުގައި އީފާސް ބޭނުންކުރާތީ އީސީ ގޮވައިގެން ޔާމީން ކޯޓަށް!
އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި އީފާސް މެދުވެރިކޮށް ފޯމު ހުށަހަޅާތީ، އިލެކްޝަންސް ކޮމިޝަން ގޮވައިގެން ކޯޓަށް ދާން ކުރީގެ ރައީސް އަބްދުالله ޔާމީން ތައްޔާރުވެއްޖެއެވެ.
އެހެން ފަހަރުތަކާ ހިލާފަށް އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅުމަށް މިފަހަރު ކަރުދާސް ފޯމު އެއްވެސް ވަރަކަށް ބޭނުން ނުކުރެއެވެ. އޭގެ ބަދަލުގައި އޮންލައިން ކޮށް އީފާސް މެދުވެރިކޮށް ލޮގިން ވެގެން، ފޯމު ފުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލެއް މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ބައެއް ތުހުމަތުތަކާ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވަނިކޮށް، ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ކިތާބީ ހެކި ނުވަތަ ޝަފަހީ ހެއްކަށް ބާރުދޭ ހެއްކެއް ނެތި ޝަރީއަތުގެ މަޖިލީހުގައި ވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބަލައިނުގަންނަ ކަމަށާއި އީސީއަށް މިފަދަ ބަދަލެއް ގެނެވޭނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށެވެ.
އެހެންނަމަވެސް ގާނޫނަށް އެފަދަ އިސްލާހެއް ގެނެސްފައިނުވާތީ, އިލެކްޝަންސް ކޮމިޝަން ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.






ރިއެކްޓް