މޮރޮކޯ މުބާރާތުގައި އިޔަން ރައުންޑް 2 އިން މުބާރާތް ނިންމާލައިފި
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައި.ބީ.ސީ) ވޯލްޑް ޓުއާގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ، މޮރޮކޯ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕް 2026 ގެ ޖޫނިއާ މެންސް ޑިވިޝަންގައި ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު ވާދަކޮށްފި އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ ހީޓް 8 ގައި ވާދަކޮށް، 5.45 ގެ ސްކޯއަކާއެކު ދެވަނަ ހޯދައިގެން އިޔާން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، ދެވަނަ ބުރުގެ ހީޓް 15 ގައި ވާދަކޮށް 8.14 ގެ ސްކޯއަކާއެކު ތިންވަނަ ލިބުމުން، މި މުބާރާތުގައި އިޔަން ކުރިއަށްދިއުމުގެ ފުރުސަތު ވަނީ ނިމުމަކަށް އައިސްފައެވެ.
މިއީ ބައިނަލްއަގްވާމީ މައިދާނުގައި މި ޒުވާން އެތުލީޓަށް ލިބުނު މުހިންމު ތަޖުރިބާއެކެވެ. އަދި ދުނިޔޭގެ ފެންވަރުގެ ވާދަވެރި މުބާރާތްތަކުން ހުނަރު ދައްކާލުމަށް އިޔަންއަށް ލިބުނު އަގުހުރި ފުރުސަތެއްގެ ގޮތުގައި މި ބައިވެރިވުން ފާހަގަކުރެވެ އެވެ.






ރިއެކްޓް