އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުންނަށް ވަގުތީ ބޯހިޔާވަހިކަންެ
ހިޔާ ފްލެޓުގެ ފަސް ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި ހަތް ފްލެޓެއްގައި ދިރިއުޅޭ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. މި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ ހަތް ދުވަހަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
އަލިފާނުގެ ހާދިސާއަށް ފަހު ފްލެޓުގެ ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ، މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ޓަވަރުގެ ވައިގޮޅީގައި ރޯވި އަލިފާނުގައި ގުޅިގެން އެ ޓަވަރުގައި އަޅާފައިވާ މައި ފާޚާނާ ހޮޅިއަށް ގެއްލުންލިބި، ބައެއް އެޕާޓްމެންޓްތަކުގެ ފާހަނާ ބޭނުން ނުކުރެވެއެވެ. އަލިފާނުގެ ހާދިސާގައި އިތުރު ބޮޑު ގެއްލުމެއް ލިިބިފައިނުވެއެވެ.






ރިއެކްޓް