ޚަބަރު

ފުވައްމުލަކު މީހަކު ގެއްލިގެން ހޯދާތާ ދެ މަސް

27 ޖަނަވަރީ 2026 - 15:52
ފުވައްމުލަކު މީހަކު ގެއްލިގެން ހޯދާތާ ދެ މަސް

ފުވައްމުލަކު މީޙަކު ގެއްލުނުތާ ދެ މަސް ފަހުން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. 

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ދޫޑިގަން. ދުންފިނިގެ ކަމަށެވެ. 

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރަނީ މުދާ އުފުލާ ދޯނި ފަހަރުގައެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ މަހުގެ ސެޕްޓެމްބަރު ތިނެއްގައި ކަމަށް އާއިލައިން ބުނިއިރު, އޭނާ އެންމެ ފަހުން އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. 

އޭނާ ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާއެކު ހޯދުމުގެ މަސައްކަތް ކޮށްފައިވީނަމަވެސް, މިހާތަނަށް އޭނާ ވީ ތަނެއް, އެއްވެސް މައުލޫމާތެއް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. 

ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0