ޚަބަރު

އިންޑިއާ-ރާއްޖޭގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރާނަން: މޯދީ

27 ޖަނަވަރީ 2026 - 11:51
އިންޑިއާ-ރާއްޖޭގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރާނަން: މޯދީ

އިންޑިއާއާއި ރާއްޖޭގެ ކުރިއެރުމާއި މަންފާއަށްޓަކައި ކުރާ ކަންކަން އެކުގައި ކުރިއަށް ދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. 

މޯދީ މިގޮތަށް ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެ, ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓާ ގުޅިގެންނެވެ. 

"އެކްސް"ގައި މުއިއްޒު ކުރެއްވި ޕޯސްޓާ ގުޅިގެން ދިވެހި ބަހުން ދެއްވި ޖަވާބުގައި މޯދީ ވިދާޅުވީ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސްކުރެއްވި ތަޙުނިޔާއާއި ހެޔޮއެދުން އިހުތިރާމާ އެކު ބަލައިގަންނަ ކަމަށެވެ.

އަދި ދެ ގައުމުގެ މަންފާއަށްޓަކައި ކުރަމުން އަންނަ ކަންކަން ދާނީ ކުރިއަށް ކަމުގައި މޯދީ ވިދާޅުވިއެވެ, 

"ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން," މޯދީ ވިދާޅުވެފައިވެއެވެ. 

މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާއާއި ރާއްޖެ އޮތް ގުޅުމަށް ބޮޑެތި ފާޑުތަކެއް ކުޔަމުންނެވެ. އޭގެ ފަހުން ރައީސާއި ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ ބަހުގެ ހަމަލާތަކާއި ފުރައްސާރައާއެކު ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0