ޚަބަރު

މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު ބާތިލްކުރަން ހައިކޯޓަށް

27 ޖަނަވަރީ 2026 - 11:37
މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު ބާތިލްކުރަން ހައިކޯޓަށް

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި މި ސަރުކާރުން އަވަސް އަރުވާލައިގެން ފާސްކުރި މީޑިއާ ރެގިއުލޭޝަން ގާނޫނު ބާތިލް ކުރަން ހައި ކޯޓަށް ހުށަހަޅައިފިއެވެ. 

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނުން މިފަހުން ވަނީ އަދަދު ނޫހުން އާންމު ކުރި ކާޓޫނެއްގެ މައްސަލަ ބަލަން ފަށާއިފައެވެ. އެކަމާ ގުޅިގެން އެ ކޮންޓެންޓް ޑިލިޓުކުރުމަށާއި އާންމުން އެ ނުފެތުރުމަށް ވެސް ކޮމިޝަނުން އަންގާފައިވެއެވެ. 

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްްޓުމުގެ ބާރު މިޑީއާ ކޮންޓްރޯލް ގާނޫނުން ކޮމިޝަނަށް ދީފައިވާތީ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  އެ ޖަމިއްޔާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ. 

އަލީ ހުސައިން ވިދާޅުވީ ހައި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މިފަދަ މައްސަލައެއްގައި އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިޔަކަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށެވެ. 

މި ބިލު ފާސްކޮށް ގާނޫނަކަށް ހަދާފައިވަނީ މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0