ޚަބަރު

ކައުންސިލް އިންތިޚާބުގެ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އެމްޑީޕީން ގޮވާލައިފި

24 ޖަނަވަރީ 2026 - 13:31
ކައުންސިލް އިންތިޚާބުގެ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އެމްޑީޕީން ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި ބޮޑެތި ދަތިތަކެއް ދިމާވަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ސްޕޯކްސްޕާސަން، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބަށް އޮންލައިންކޮށް އެޕްލައިކުރުމުގައި ގިނަ ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. "ކައުންސިލް އަދި ޑަބްލިޔުޑީސީއަށް އޮންލައިންކޮށް އެޕްލައި ކުރުމަށް ގިނަ ދަތިތަކެއް ދިމާވާތީ 24 ގަޑިއިރު އޮންލައިންކޮށް އެޕްލައި ކުރެވެންޖެހޭ،" އޭނާ ވިދާޅުވިއެވެ. މި ނިޒާމު މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން ކެންޑިޑޭޓުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޮންލައިން ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން، އިންތިޚާބަށް ކުރިމަތިލުމަށް ލިބިފައިވާ މުއްދަތު ކުޑަކަމުން އެމްޑީޕީން ވަނީ އިތުރު ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. ވަހީދު ވިދާޅުވީ "އެޕްލައިކުރުމަށް ލިބިފައިވާ މުއްދަތު ކުޑަކަމުން މެނުއަލްކޮށްވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް އީސީއަށް ގޮވާލަން" ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ޚަބަރު 7 ދުވަސް ކުރިން

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދިކޮޅު ޕާޓީން މިފަދަ ކަންބޮޑުވުމެއް ފާޅުކޮށްފައި މިވަނީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0