ކުޅިވަރު

ވޯލްޑް ބޮޑީބޯޑިންގް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު މޮރޮކޯއަށް ފުރައިފި

24 ޖަނަވަރީ 2026 - 10:29
ވޯލްޑް ބޮޑީބޯޑިންގް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު މޮރޮކޯއަށް ފުރައިފި
ފޮޓޯ: އެމްބީބީއޭ

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިބީސީ ވޯލްޑް ބޮޑީބޯޑިންގް ޓުއާގެ މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބޮޑީބޯޑިންގް ޓީމު މިއަދު ފުރައިފި އެވެ.

މި މަހުގެ 31 އިން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މޮރޮކޯގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ފަސް އެތްލީޓުން ބައިވެރިވެއެވެ. މިއީ ބޮޑީބޯޑިންގްގެ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމެއް ރަސްމީކޮށް ފުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ޖޫނިއާ މެންސް ރައިސިންގް ސީރީސްގައި ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން އިޔަން އަހުމަދު ވާދަކުރާއިރު، މުބާރާތުގެ ޕްރައިމް ސީރީސްގައި ވާދަކުރާނީ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަޝްރަފް ހަސަން އަދި މުހައްމަދު ކައިފް އެވެ. ނަމަވެސް މުބާރާތަށް ފަރިތަކުރަމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ކައިފް ވަނީ މުބާރާތުން ވަކިވެފަ އެވެ. އަދި މީގެއިތުރުން މުބާރާތުގައި ވާދަކުރުމަށްޓަކައި އައި.ބީ.ސީ ގެ އިންޓަނޭޝަނަލް ވައިލްޑްކާޑް އެންޓްރީއެއް ކުޑަ އައްޔައަށް ވަނީ ލިބިފައެވެ. ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ ކޮންމެ މުބާރާތެއްގައި ވެސް، މުބާރާތް ބާއްވާ ޤައުމަށް ދޭ ފުރުސަތުތަކުގެ އިތުރުން ދޫކުރާ ބައިނަލްއަގްވާމީ ވައިލްޑްކާޑް އެންޓްރީތަކަކީ ވަރަށް މަދު އަދަދަކަށް ދޫކުރާ ކާޑުތަކެކެވެ.

މީގެ ކުރިން ރާއްޖޭގައިވެސް އައިިބީސީ ވޯލްޑް ޓުއާގެ އިވެންޓުތަށް ބާއްވާފައިވެ އެވެ. ނަމަވެސް މި އިވެންޓުގައި ތަފާތު މޮޅު ބޮޑީބޯޑަރުންނާ ވާދަކޮށްލުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބޭނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0