ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކޮށްފި
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުލްމަޖީދު އިބްރާހީމް އެ މަގާމުން ވަކިކޮށްފިއެވެ.
މަގާމުން ވަކިކުރި ސީދާ ސަބަބު ސާފު ނުވިނަމަވެސް, އެނގިފައިވާ ގޮތުގައި އޭނާ ވަކިކުރީ ސިޔާސީ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
މަގާމުން ވަކިކުރިއިރު މަޖީދަކީ ހުންނެވީ ފޮރިން މިނިސްޓްރީގެ ދަށުގައި ބިދޭސީންގެ ކަންކަން ބަލަހައްޓާ ފޮރިން ލޭބާ ޑިޕާޓްމަންޓާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ އިސްވެރިއެއްގެ ގޮތުގައެވެ.






ރިއެކްޓް