ކުޅިވަރު

ސާފް ފުޓްސަލް: ބޫޓާން އަތުން އަންހެން ޓީމު ބަލިވެއްޖެ

22 ޖަނަވަރީ 2026 - 08:45
ސާފް ފުޓްސަލް: ބޫޓާން އަތުން އަންހެން ޓީމު ބަލިވެއްޖެ

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް  ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އިއްޔެ ކުޅުނު މެޗުން ބޫޓާން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބޫޓާން އޮތީ 2-1 އިން ލީޑުގައެވެ. މި ހާފުގައި ރާއްޖޭގެ ލަނޑު ޖަހައިދީ އުންމީދު އާކޮށްދިނީ ރާނިޔާ އިބްރާހިމް އެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާއެވެ. ނަމަވެސް ބޫޓާނުން ވަނީ އިތުރު ލަނޑުތައް ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ.

މި މުބާރާތުގައި ރާއްޖެއަށް ދެން ބާކީ އޮތީ ދެ މެޗެވެ. އެގޮތުން މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0