ޚަބަރު

މޭޔަރު، މިނިސްޓްރީއަށް: ބުޅާ ފެސިލިޓީ ނުބެލެހެއްޓެންޏާ ކައުންސިލާ ހަވާލުކުރޭ!

21 ޖަނަވަރީ 2026 - 16:12
މޭޔަރު، މިނިސްޓްރީއަށް: ބުޅާ ފެސިލިޓީ ނުބެލެހެއްޓެންޏާ ކައުންސިލާ ހަވާލުކުރޭ!

ބުޅާ ފެސިލިޓީގެ ކަންކަން ރަނގަޅަށް ނުހިނގާ ކަމަށާއި ބަހަނާ ނުދައްކާ އެ ތަން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީ އިމާރާތް ކޮށް ނިންމައި ހުޅުވިފަހުން، އެތަން އެނިމަލް ވެލްފެއާ މިނިސްޓްރިއަށް ވަނީ ނަގައިފައެވެ. އެ ތަނުގެ ހިންގުން މިނިސްޓްރީއަށް ނަގައި މަގުމަތީ އުޅޭ ބުޅާތައް ގެންދިޔަނަމަވެސް، މައްސަލަ ހައްލު ނުވާ ކަމުގެ ކަންބޮޑުވުން އޮވެއެވެ. 

ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީން 30 ބުޅާ ލައިގެން 'ބަލަހައްޓައިގެން' ތިބުމުން ބުޅަލުގެ މައްސަލަ ހައްލުނުވާ ކަމަށެވެ. އޭނާ ވަނީ އެތަނަށް ބުޅާ ނުގެންދެވެނީ ތަން ފުރިހަމަ ނުވާތީ ކަމަށް ބުނާއިރު, މަގުމަތީގައި އުޅެން ދޫކޮށްލައިގެން ތިބީ މަގުމަތި ފުރިހަމަ ކަމުންތޯ ސުވާލުކުރައްވައިފައެވެ. 

އެކަމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފެސިލިޓީ ހަދާފައި ހުންނާނީ ހުރިހާ ބުޅަލެއް ގެންގުޅެވޭ ވަރަށް ކަމަށާއި ބުޅަލުގެ މައްސަލަ ހައްލުނުވާތީ އެ ތަން އަނބުރާ ހަވާލުކުރުމަށް ދެ ފަހަރަށް އެދިފައިވާނެ ކަމަށެވެ. 

"އެއްވެސް އުޒުރެއް މިހާރު ނުދެއްކޭނެ މާލެތެރެއަށް ބުޅާ ނަޖިސްލާން ދޫކުރާކަށެއް. ސަރުކާރަށް ވެސް އެ ފަރާތަށް ނުދެއްކޭނެ. ނުވަންޏާ އަޅުގަނޑުމެންނާ ހަވާލުކުރަންވީ އެކަން ކުރަން. އެތަން ބަލަހައްޓަން،" އާޒިމް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0