ޚަބަރު

ވީއައިއޭގައި މާރާމާރީ ހިންގި ލަންކާ ދެ މީހުން 11 ދުވަސް ފަހުން ހައްޔަރުކޮށްފި

20 ޖަނަވަރީ 2026 - 12:33
ވީއައިއޭގައި މާރާމާރީ ހިންގި ލަންކާ ދެ މީހުން 11 ދުވަސް ފަހުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި ދެ މީހުން ހައްޔަރުކޮށްފިއެވެ. 

ވީއައިއޭގެ ޓެކްސީ ކިއު ސަރަހައްދުގައި މި މަހު 9، ގައި މާރާމާރީ ހިންގާފައިވަނީ ލަންކާއަށް ނިސްބަތްވާ ދެ މީހެކެވެ. އެ ރޭގެ މާރާމާރީއަށް ފަހު އެ ދެ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލީ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އޭގެ 11 ދުވަސް ފަހުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަންނަމަލަގޭ، 43 އަދި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ، 46 އެވެ. 

ފުލުހުން ބުނި ގޮތުގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0