ޔާމީން ވިދާޅުވީ ޖަލީލަކީ އާދަމް އާޒިމް ހޮވަން ކަތިލާ "ކަންބަޅިއެއް" ކަމަށް
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަކީ މިހާރު މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް މަގާމަށް ހޮވަން ކަތިލާ "ކަންބަޅި"އެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީން ސިފަކުރައްވައިފިއެވެ.
ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރޭ ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބު ކުރަން ކަމަށެވެ.
ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޖަލީލަށް ވަރަށް ތައުރީފް ކުރެއްވުމަށްފަހު ޔާމީން ވަނީ އެ ހުރިހާ ކަމެއް އެނގިހުރެ, މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ" ޔާމީން ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލަށް ޕާޓީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ. އޭރު ޕާޓީއިން ބުނި ގޮތުގައި އެ މަގާމަށް އިތުރު މީހަކު ކުރިމަތިލާފައިނުވެއެވެ.






ރިއެކްޓް