ބަންޑުން ޖަހާލި ދޯނިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ކ. ވާދޫ ކައިތިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ ދޯނިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
"ބަލްމާ 6" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ދޯނިން ދަތުރުކުރި ދެ މީހަކު ސަލާމަތް ކުރިއިރު, ދެ މީހަކު ގެއްލިގެން ހޯދާފައިވެއެވެ.
ގެއްލިގެން ހޯދި ދެ މީހުންގެ ތެރެއިން އެކަކު އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ އެ ސަރަހައްދުގައި މަރުވެފައި އޮއްވާ ހޯދައިފައެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ. އޭނާއަކީ އެ ދޯނީގެ ކެޕްޓަނެވެ.
ދެން ގެއްލިފައިވަނީ ބިދޭސީ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.






ރިއެކްޓް