ޚަބަރު

ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖަނަވަރީ 2026 - 11:15
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ވާދޫ ކައިތިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ކަނޑުމަތިން ފެނިއްޖެއެވެ. 

ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު ކަމަށް ފުލުހުން ބުންޏެވެ. ހަތަރު މީހުންނާއެކު ދަތުރުކުރި ދޯނިން ދެ މީހަކު ސަލާމަތް ކުރެވުނިއިރު ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ކޮށްފައެވެ. 

އެމްއެންޑީއެފުން ދެންމެ ބުނީ ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މިހާގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. 

ގެއްލިގެން ހޯދި ބިދޭސީ މީހާގެ އަދި ފެނިފައިނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0