ޚަބަރު

ބަންޑުން ޖަހާލި ދޯންޏަކުން ގެއްލުނު ދެ މީހަކު ހޯދަނީ

18 ޖަނަވަރީ 2026 - 10:42
ބަންޑުން ޖަހާލި ދޯންޏަކުން ގެއްލުނު ދެ މީހަކު ހޯދަނީ

ކ. ވާދޫ ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި ގެއްލުނު ދެ މީހަކު ހޯދަން ފަށައިފިއެވެ. 

ފުލުހުން މިއަދު ބުނީ ބަންޑުން ޖަހާލާފައިވަނީ ކ. ވާދޫ ކައިތިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. 

ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައިފައެވެ. އަނެއް ދެ މީހުން މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

ގެއްލިގެން ހޯދަމުން އަންނަނީ ދިވެއްސަކާއި ބިދޭސީއެކެވެ. ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0