ސިޔާސީ

ބޮޑު ތަފާތަކުން ސައިފު ބަލިކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކާމިޔާބު ކޮށްފި

17 ޖަނަވަރީ 2026 - 10:48
ބޮޑު ތަފާތަކުން ސައިފު ބަލިކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކާމިޔާބު ކޮށްފި

މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއި ވާދަކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ހަދީޖާ މުހައްމަދު (ހައްޖަ) ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި މި ޕްރައިމަރީގައި ހައްޖަ ވަނީ ބޮޑު ތަފާތަކުން އައިއްކޮގެ މައްޗަށް ކުރި ހޯދާފައެވެ. އެގޮތުން ހައްޖަ އަށް 85 ވޯޓު ލިބިފައިވާއިރު، އައިއްކޮ އަށް ލިބުނީ 32 ވޯޓެވެ. މިއީ ދާއިރާގެ އެމްޑީޕީ މެންބަރުންގެ މެދުގައި ހައްޖަ އަށް އޮތް ތާއީދު ބޮޑުކަން ހާމަވެގެންދިޔަ ނަތީޖާއެކެވެ.

ޕްރައިމަރީގެ ނަތީޖާއަށްފަހު އައިއްކޮ ވަނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ދައްކަވާފައެވެ. އޭނާ ވަނީ ކެމްޕެއިންގެ ވާދަވެރިކަން އެކަހެރިކޮށް، ޕްރައިމަރީ ކާމިޔާބު ކުރި ހައްޖަ އަށް މަރުހަބާ ކިޔާފައެވެ. އައިއްކޮ އަކީ މީގެ ކުރިންވެސް އެ ދާއިރާގެ އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ހޮވިފައިވާ މެންބަރެކެވެ.

ސިޔާސީ ގޮތުން ބަލާއިރު، އައިއްކޮ އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ދަ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރެކެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އަލުން އެމްޑީޕީއާ ގުޅި، އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0