ސިޔާސީ

އަލީ އާޒިމް ބަލިގަބޫލުކުރައްވައި އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖަނަވަރީ 2026 - 23:28
އަލީ އާޒިމް ބަލިގަބޫލުކުރައްވައި އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން، އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް ބަލި ގަބޫލުކުރައްވައި އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.

އަލީ އާޒިމް ވަނީ އާދަމް އާޒިމްއަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާކުރައްވާފައެވެ. މި ވީޑިއޯގައި އާދަމް އާޒިމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް އަލީ އާޒިމްގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

އާދަމް އާޒިމްގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވަމުން އަލީ އާޒިމް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އޭނާ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް އަބަދުވެސް އެދިވަޑައިގަންނަވަނީ ކާމިޔާބީއަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އާދަމް އާޒިމް ވަނީ އަލީ އާޒިމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. މިއާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނީ އާދަމް އާޒިމްއެވެ.

ޕްރައިމަރީގެ ވާދަވެރިކަމަށްފަހު ދެ ކެންޑިޑޭޓުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމި ނިންމުމަކީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0