ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ ފެށިގެން ކުރިއަށް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓު ލުން ފަށައިފިއެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް މިއަދު ބާއްވާ އިންތިހާބުގައި 154 ކެންޑިޑޭޓުން ވާދަކުރެއެވެ.
މާލެއާއި ރަށްރަށުގައި ވެސް ވޯޓު ލުން ކުރިއަށް ގެންދާ ޕްރައިމަރީގެ ވޯޓު ލުން ފަށަފައިވަނީ މިއަދު މެންދުރު ފަހު 02:30 ގައެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވިފައި އޮތީ މާލޭ މޭޔަރު ކަނޑައެޅުމަށް ނަގާ ވޯޓެވެ. އާދަމް އާޒިމާއި އަލީ އާޒިމްގެ މި ކުރިމަތިލުން ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު, ވޯޓު ލުން ފެށުމާއެކު ދެ އާޒިމް ވެސް ވަނީ ވޯޓު ލައިފައެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށެވެ.






ރިއެކްޓް