ސާފް ފުޓްސަލް: ފުރަތަމަ މެޗުގައި އިންޑިއާ އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެ
ތައިލެންޑުގައި މިއަދު ފެށި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތމަ މެޗުން ރާއްޖޭގެ އަންހެން ޓީމު އިންޑިއާއަތުން ބަލިވެއްޖެ އެވެ.
ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އިންޑިއާ އަތުން ބަލިވީ 11-1 އިންނެވެ.
އިންޑިއާއިން ހަމަޖެހިލައިން ކުޅުނު މި މެޗުގައި ރާއްޖޭގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާ އެވެ. ނޫރާ ނެގި ކޯނަރު ގޯލަށް ވަނީ އިންޑިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމަކުން ޖެހި ފުރަތަމަ ގޯލެވެ.
އަންހެން ގައުމީ ޓީމު މުބާރާތަށް ދިޔައިރު އިންޑޯގައި އެއްވެސް ޕްރެކްޓިހެއްކޮށްފައި ނުވެ އެވެ. އެހެންކަމުން މިއަދުގެ މެޗަކީ އަންހެން ގައުމީ ޓީމު އިންޑޯ ޕިޗެއްގައި ކުޅުނު ފުރަތަމަ މެޗެވެ.
މި ސަރުކާރުގެ ހަފްތާ14ގައި ހިމެނުނު ފުޓްސަލް އިންޑޯ ކޮމްޕްލެކްސްގެ އެއްވެސް އެދެވޭ މަސައްކަތެއް އަދި ކުރިއަށްނުދެ އެވެ.
ގައުމީ އަންހެން ޓީމު ދެން ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު އެވެ.






ރިއެކްޓް