ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑު ވެސް މަގާމުން ވަކިކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ޝަމާހު މިއަދު ވަކިކޮށްފައިވަނިކޮށް، އެ ކުންފުނީގެ ޕްރޮކިއުމެންޓް ހެޑް އަޒްހަދު ރަމީޒު ވެސް މަގާމުން ވަކިކޮށްފިއެވެ.
ޝަމާހު މަގާމުން ވަކިކުރުމާ ގުޅިގެން ކުންފުނި ހިންގުމުގެ ޒިންމާތަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑީއެމްޑީ ޑރ. އަލީ އަޒްވަރެވެ.
ޝަމާހު މަގާމުން ވަކިކުރި ފަހުން، އޭނާގެ ކަމަށް ބުނާ އޯޑިއޯއެއް މީސްމީޑިއާގައި ވަނީ ލީކުވެފައެވެ. ނަމަވެސް މި އޯޑިއޯގެ ސައްހަކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ލީކުވެފައިވާ އެ އޯޑިއޯގައި ޝަމާހު ބުނާ ގޮތުން، އޭނާ ކުރާ ވައްކަންތައް އެނގޭނެ ހަމައެކަނި މީހަކީ އަޒްހަދު ރަމީޒެވެ.
ސްޓެލްކޯގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާ ސަބަބެއް ރަސްމީ އިދާރާތަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ. މި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.






ރިއެކްޓް