ހަތަރު ސްޕާއެއްް ބަލައި ފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ހަތަރު ތަނެއް ބަލާފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާފާސްކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މިގޮތުން މާލޭގެ ހަތަރު ސްޕާއެއް ބަލާފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 04 ތަނެއް ބަލައި ފާސްކޮށް، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@PoliceMv… pic.twitter.com/T0ID6ZII6p
— Maldives Immigration (@ImmigrationMV) January 7, 2026
މި ރޭޑްތަކުގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއް ބިދޭސީއެކެވެ. ނަމަވެސް އެ މީހާގެ ވަނަވަރާއި އޭނާ ނިސްބަތްވާ ގައުމެއް އިމިގްރޭޝަނުން އަދި ހާމައެއް ނުކުރެއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.






ރިއެކްޓް