ފަވަރައިގެ ޚިދުމަތްތައް މިރޭ ދަންވަރު ދެގަޑިއިރަށް މެދުކެނޑެނީ
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"ގެ ޚިދުމަތްތައް މިރޭ ދަންވަރުގެ ވަގުތެއްގައި މެދުކެނޑޭނެކަން އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިރޭ 11:45 އިން ފެށިގެން ދަންވަރު 2:00 އާ ހަމައަށް ފަވަރައިގެ ޚިދުމަތްތައް މެދުކެނޑޭނެ ކަމަށެވެ. މި ވަގުތުގެ ތެރޭގައި ފަވަރަ މެދުވެރިކޮށް ކުރާ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދެވޭނެއެވެ.
މި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއެމްއޭއިން ވަނީ މާފަށް އެދިފައެވެ. ނަމަވެސް، މި ވަގުތުކޮޅަށް ޚިދުމަތް މެދުކަނޑާލަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ފަވަރަ އަކީ ރާއްޖޭގައި ބޭންކުތަކުގެ މެދުގައި ވަގުތުން ފައިސާ ފޮނުވުމާއި ލިބިގަތުމަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދެއެވެ.






ރިއެކްޓް