ޚަބަރު

ފައްޔާޒް، ރައީސަށް: ސިޔާސީ ބޭނުމުގައި ރައްޔިތުންގެ ދިރިއުޅުމާ ކުޅުން ދެރަވަރު!

3 ޖަނަވަރީ 2026 - 23:15
ފައްޔާޒް، ރައީސަށް: ސިޔާސީ ބޭނުމުގައި ރައްޔިތުންގެ ދިރިއުޅުމާ ކުޅުން ދެރަވަރު!

ސިޔާސީ ބޭނުމަށް އެތަކެއް ބައެއްގެ ދިރިއުޅުމާއި ގުޅުންހުރި އުއްމީދުތަކެއްގައި ބޭއިންސާފުވުމަކީ ދެރަވަރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒް މިގޮތަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް, ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ގާނޫނު އަސާސީއާ ހިލާފަށް ހުޅުވާލަން އުޅޭ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. 

ފައްޔާޒް "އެކްސް" ގައި ވިދާޅުވީ ސިޔާސީ ބޭނުމަށް އެތަކެއް ބައެއްގެ ދިރިއުޅުމާއި ގުޅުންހުރި އުއްމީދުތަކެއްގައި ބޭއިންސާފުވުމަކީ ހިތާމަހުރި އެހާމެ މުޑުދާރުކަމެއް ކަމަށެވެ. ކޮންމެ ކަމެއްގައި ރައްޔިތުންނާމެދު އެގޮތަށް ކަން ނުކުރެއްވުމަށް ފައްޔާޒް ވަނީ ރައީސަށް އިލްތިމާސްކުރައްވައިފައެވެ. 

" ކޮންމެ ކަމެއް ތިޔަހެން ނަހައްދަވާ ރައްޔިތުން އެހާ ދެރަވަރުނުކުރުއްވާ." ފައްޔާޒް ވިދާޅުވިއެވެ. 

އެމްޑީޕީގެ ދައުރުގައި ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ ރޯހައުސްތައް ދޫކުރަން ކައުންސިލުން ނެރުނު ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ. އޭގެފަހުން، ހައުސިން މިނިސްޓްރީން ވަނީ، އެ ޔުނިޓުތަކަށް ކުރިމަތިލާން މި މަހު 11ގައި ހުޅުވާލާނެކަން އިއުލާނުކޮށްފައެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް "މަކަރުވެރި" ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަމެކެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0