ޚަބަރު

ބިދޭސީންގެ މާރާމާރީއަކުން ދެ މީހަކު ހައްޔަރުކޮށްފި

3 ޖަނަވަރީ 2026 - 10:41
ބިދޭސީންގެ މާރާމާރީއަކުން ދެ މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތީގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ރޭ ބުނި ގޮތުގައި، ހެންވެއިރު ވައިޖެހޭމަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާ ކަމުގެ މައުލޫމާތު ލިބިގެން ރޭ 11:23 ހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން 2 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ހެންވެއިރު ޖެލީ ޓޭކްއަވޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއްގެ މެދުގައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0