ޚަބަރު

ހަނިމާދޫ އެއާޕޯޓު ސަރަހައްދީ އެއާލައިނަކަށް ދިނުމުން މުޅި ބޮޑު އުތުރު ތަރައްގީވެގެންދާނެ: ނަޝީދު

2 ޖަނަވަރީ 2026 - 18:15
ހަނިމާދޫ އެއާޕޯޓު ސަރަހައްދީ އެއާލައިނަކަށް ދިނުމުން މުޅި ބޮޑު އުތުރު ތަރައްގީވެގެންދާނެ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދީ އެއާލައިނަކަށް ދީފިނަމަ މުޅި ބޮޑު އުތުރަށް ތަރައްގީ ގެނެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ "ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި އެ އެެއާލައިންއާއި ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށްލިބޭނެ ފައިދާ ބޮޑުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ ކަމަށް" ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އިންޑިއާގެ ކުންފުންޏަކާއި ހަނިމާދޫ އެއާޕޯޓު ހިންގުމަށް ހަވާލުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވިސްނުން ގެންގުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޯށްފައިވަނިކޮށެވެ.

އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީީކޮށް ހުޅުވުމަށް މިދިޔަ ނޮވެންބަރު މަހުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓަރުގެ އަރިހުން ރައީސް މުޢިއްޒު މިފަދަ ރިކުއެސްޓެއް ކުރައްވާފަިއވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީނު ވަނީ އެއީ ދޮގު ވާހަކައެއްކަން ދޭހަވާ އިބާރާތަކުން މިއަދު ސޯޝަލްމީޑިއާގައި ޕޯސްޓުކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0