ޚަބަރު

ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

30 ޑިސެންބަރު 2025 - 21:39
ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.

އުމުރުން 54 އަހަރުގައި ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން ހއ. ދިއްދު ހޮސްޕިޓަލަށް ގެންދިޔައީ މިރޭގެ ވަގުތެއްގައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ކެންޕޭން ފަށައި, ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުވެސް ލިބިފައިވާ ފައްތާހު ކުއްލި ގޮތަކަށް ނިޔާ ވުމުން ކެލާގެ ރައްޔިތުންނަށް އަދި ފިލްމީ ދާއިރާގެ އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0