ޚަބަރު

މަރުކަޒީ ބޭންކުގެ އެފްއައިޔޫގެ އިސްވެރިޔާ ސަސްޕެންޑްކޮށްފި

30 ޑިސެންބަރު 2025 - 20:19
މަރުކަޒީ ބޭންކުގެ އެފްއައިޔޫގެ އިސްވެރިޔާ ސަސްޕެންޑްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ސާޖިދު ސަސްޕެންޑުކޮށްފައިވާއިރު, ސާޖިދު ސަސްޕެންޑު ކުރި ސަބަބެއް އަދި ސާފެއްނުވެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްއޭއިން އަދި ބަހެއް ބުނެފައެއް ނުވެއެވެ

ސާޖިދު މި މަގާމާއި ހަވާލުވިތާ އަދި މިވަނީ ހަތަރު މަހެވެ. އެފްއައިޔޫގެ އިސްވެރިއަކަށް ސާޖިދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުމަށްފަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0